Friday, November 13
ހިޔާވެހި ސްކީމްގެ ލޯން ދޫކުރުން ޖުލައި މަހު

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ތަޢާރަފުކުރައްވާފައިވާ ހިޔާވެހި ފައިނޭންސް ސްކީމްގެ ދަށުން މިއަހަރުގެ ޖުލައިމަހުން ފެށިގެން ލޯން ދޫކުރަން ނިންމައިފިއެވެ.

މިކަން އިއުލާންކުރެއްވީ އިއްޔެ ގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލް ޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލޯނު ދިނުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވާނީ ކަނޑައަޅައިފާ ކަމަށެވެ.

" އެކަމަށް އެދޭ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިހާރު ވާނީ ހުޅުވާލާފަ. އިރާދަކުރެއްވިއްޔާ  މި ސްކީމްގެ ދަށުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފެށޭނެ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެ ލޯނުގެ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށް ޓަކައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނެކަމަށެވެ. މި ލޯނު ސްކީމްގެ ދަށުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެންނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެއެވެ.

މީގެ އިތުރުން އާބާދީއާއި ތަރައްޤީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެހެނިހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެއެވެ. މިގޮތުންނަގާ  ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާ، ހަދަންފަށައިފައި ނުނިމިހުރި ގެއެއް ނަމަ، ނިންމުމާއި، ހަދައިފައިހުރި ގެއެއް ނަމަ މަރާމާތު ކުރަން ވެސް ބޭނުންކުރެވޭނެއެވެ. މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރައްޔިތެއްގެ ފުރަތަމަ ގެއަށް ޚަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުޞަތެއް.

މީގެ ކުރިންވެސް ރައީސް ވަނީ މި ލޯން ސްކީމްގެ ބޭނުން ހިފުމަށް ވެސް އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު