Friday, November 13
ސަރުކާރުން އިސްކަން ދެނީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް: މުއްތަލިބް

ސަރުކާރުން އިސްކަން ދެނީ އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ މަގުން ކުރިޔަށް ދިއުމަށް ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި، އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ރޭ ބޭއްވި ޕެނަލް ޑިސްކަޝަން "ރިޔާސީ ބަޔާން 2025" ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ ހައުސިން ޔުނިޓުތައް އެޅުމާއެކު، ކައިރި ކުދި ރަށްރަށުން މީހުން ހުސްކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެން ދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްތައް ދުރުދުރުގައި އުފެދިފައި ހުރުމުގެ ސަބަބުން، ކޮންމެ ރަށަކަށް ވަކިވަކިން ޚަރަދު ކުރުމަށްވުރެ އެއްފަސް ކުރުމުގެ ސަބަބުން ލިބޭ ފައިދާ ރައްޔިތުންނަށް އަދި ދައުލަތަށްވެސް ބޮޑުވާނެ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ ބިންބޮޑު ވަށީލައްތައް ގިނަ ރަށްރަށުގައި ހައުސިންގ ޔުނިޓް އެޅުމުން ކުދިން ކުދިކުދި ރަށްތައް ހުސްކޮށް، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ކުރާ ރިކަރަންޓު ޚަރަދުތައް ކުޑަކުރުމަށް ޓަކައި ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށެވެ. އަދި  ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ވަރަށް ގިނަ ރަށްރަށުގައި ހައުސިންގ ޔުނިޓް އެޅުމަޓްކައި އެ ކަން ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

އެގޮތުން 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅާނެ ފަރާތެއް ހޯދަން މިދިޔަ މަހުގެ ފަހު ކޮޅު ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވައިލައިފައެވެ.

މީގެ އިތުރުން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 85،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރައީސުލް ޖުމުހޫރިއްޔާގެ އިއްޔެ  ރިޔާސީ ބަޔާނުގައި ވަނީ ގުޅިފަޅުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް އަޅާނެކަން އިއުލާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު