Friday, November 13
ކްރޫޒް ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އައްޑޫ ސިޓީ އަށް!

ކްރޫޒް ލައިނަރ އަކުން ދަތުރުކުރަމުން ދިޔަ ގިނަ އަދަދެއްގެ ފަތުރުވެރިންން އައްޑޫ ސިޓީ ނޭޗަރ ޕާރކަށް ޒިޔާރަތްކޮށްފިއެވެ.

"ނިއު ކެލެޑޯނިއާ" ނަމަކަށް ކިޔަ މި ކްރޫޒް ލައިނަރ ބަނދަރުކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫ ބަނދަރަށެވެ. މީ ކްރޫޒލައިނަރ އިން ސަތޭކައެއްހާ ފަތުރުވެރިން މިއަދު މަރަދޫ އަށް ބަނދަރުކޮށް ވަނީ އައްޑޫ ނޭޗަރ ޕާރކަށް ޒިޔާރަތްކޮށްފައެވެ.

މި ފަތުރުވެރިންނަށް އައްޑޫ ސިޓީން އަދި ވަކިން ޚާއްޞަކޮށް މަރަދޫ ބަނަދރު ސަރަޙައްދު ރީތިކޮށް އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ނޭޗަރ ޕާރކްގެ އިތުރުން އައްޑޫގެ އެހެނިހެން ތަންތަން ބަލާލުމަށް ވެސް ފަތުރުވެރިން ދަތުރުކުރުމަށް ކައުސިލުން ވަނީ ބަސް ހަމަޖައްސާ ދަތުރުކުރެވޭނެ އިންތިޒާމް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

ރާއްޖެއަށް ފަތުރުވެރިކަމުގެ ހައި ސީޒަންންގައި އާއްމުކޮށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

އައްޑޫ ސިޓީގައި ހިންގި ފުރަތަމަ ރިސޯޓް ޝަންގްރިއްލާ ބަންދުކުރުމަށް ފަހު އަދިވެސް ވަނީ ނުހުޅުޅުވިއެވެ. މިކަމުގެ ސަބަބުން އައްޑޫގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ވަނީ ހީނަރުކަން އައިސްފައެވެ. އެހެން ނަމަވެސް އަދިވެސް މި ރިސޯޓް ހުޅުވޭނެ ދުވަހެއް ނޭންގެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު