Saturday, October 31
ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ

އެކޮމޮޑޭޝަން ބްލޮކާއެކު ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ  ވައުދާއެއް ގޮތަށް ސްޓޭޓް އޮފް ދި އަރޓް ތެލެސީމިއާ ހޮސްޕިޓަލެއް އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމި މި އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގެ، ޢަމަލީ މަސައްކަތް ހުޅުމާލޭގައި ފަށާނެ ކަމަށެވެ.

މި މަޝްރޫޢަށް ޚާއްޞަކުރެވިފައިވާ ބޮޑު ބިމެއް މިހާރު ވަނީ ހުޅުމާލޭ ފޭސް 2 ގައި މިހާރު ވަނީ ހަމަޖެހިފައެވެ.

މި ހޮސްޕިޓަލް ޤާއިމްކުރުމަށް ނިންމާފައިވަނީ އެންމެ ފަހުގެ ވަޞީލަތްތަކާއި އެކުގައެވެ. ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ. މީގެ އިތުރުން ޖެނެޓިކް ސްކްރީނިންގ، ކައުންސެލިން ޚިދުމަތްވެސް މި ހޮސްޕިޓަލް ތަރައްޤީ ކުރެވޭއިރު ލިބިގެންދާނެއެވެ

.ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަކީވެސް ރައީސްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު މިހާރު ސަރުކާރުން ވަނީ  ހަމަޖައްސާފައެވެ.

ކޮންމެ އަހަރަކު މަދުވެގެން 10 ކުދިން ބޯންމެރޯއަށް ފޮނުވުމުގެ އިންތިޒާމު ފުރިހަމަކުރެވި،  2024 ވަނަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ޓްރާންސްޕްލާންޓް ޓްރީޓްމަންޓަށް ފޮނުވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު