Saturday, October 31
ހަލާކުވެ މަގުމަތީގައި ގިނަ ދުވަސްވެފައިވާ ސައިކަލްތައް ނަގަން ފަށައިފި

މާލޭގެ މަގުމަތީގައި ހުންނަ ހަލާކުވެ ގިނަ ދުވަސްވެފައިވާ ސައިކަލްތައް ނަގަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުމަތީގައި ބަހައްޓާފައި ހުންނަ ހަލާކުވެ ބޭނުންނުކޮށް ގިނަދުވަސްވެފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރިއަށް ދާކަމަށެވެ.

މާލޭއާޢި ހުޅުމާލޭގައި ވެހިކަލްތައް ގިނަވެ ޕާރކު ކުރާނެ ތަންތަން ނެތް އިރު މަގުމަތީގައި ގިނަ ދުވަސްވެ ހަލަކުވެފައިވާ ވެހިކަލްތައް  ވަރަށް ގިނައިން ހުރެއެވެ.

ފުލުހުންވެސް ދަނީ މިގޮތަށް ގިނަ ދުވަސްވީ ބައިސްކަލާއި ސައިކަލްގެ އިތުރުން ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯވް ކުރަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުން ޓޯވް ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ވަނީ ނައްތާލާފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 378 އުޅަނދާއި ހަތަރު ފުރޮޅުލީ 40 އުޅަނދު އަދި 28 ބައިސްކަލް ހިމެނެއެވެ.

ފުލުހުން މި ވެހިކަލްތައް ނައްތާލަނީ ވެރިފަރާތުން އެތަކެތި ގެންދިއުމަށް މުއްދަތެއް ދިނުމަށްފަހުގައެވެ.

ނުގަވައިދުން ދުއްވުމުގެ މައްސަލަތަކާއި، އެހެނިހެން މައްސަލަތަކުގައި ފުލުހުންގެ ޓޯޔާޑަށް އެތައް ވެހިކަލެއް ޓޯވް ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު