Friday, November 13
އޭސީން މަގަށް ފެން ފައިބާގޮތަށް ހުންނަ ތަންތަން އިސްލާހު ނުކުރާނަމަ ޖުރިމަނާކުރަނީ
މާލޭގެ އެކި އެކި ޢިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ އޭސީ ގެ  ފެން, ދިޔަދޮވި އަދި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ތަންތަން ހޯދާ  އެކަންތައް އިސްލާހުކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ. ސިޓީ ކައުންސިލުން ބުނީ  ކޮންމެ ދުވަހުކުވެސް އެކަން އިސްލާހްކުރުމަށް ކައުންސިލުންދަނީ މިހާރު އަންގަމުން ކަމަށެވެ. މިކަން ވަކި މުއދަތެއްގެ ތެރޭގައި އިސްލާޙް ކުރުމަށް މިހާރު ކައުންސިލުން އަންގާފައިވާ އިރު އެ މުއްދަތުގެ ތެރޭގައި އެކަން އިސްލާހުނުކޮށްފި ނަމަ އެފަދަ ތަންތަނުގެ ވެރިފަރާތް ޖޫރިމަނާކުރުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ. މާލޭގެ މަގުމަތީގެ ދުވާރު މަތިން ހިންގާފައި ދާއިރު އޭސީ އަދި ދިޔަދޮވިތަކުން ހިނގާބިގާވެ އުލޭމީހުންގެ ގަޔަށް ފެން ފައިބައެވެ. މީގެ އިތުރުން ގޭގައި ހުންނަ ދޮންނަ މެޝިނުންވެސް ބޭރުވާ ފެން މަގުމައްޗަށް ބައެއް ފަރާތްތަކުން  ދޫކުރާކަން  ފާހަގަކުރެވެއެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އިމްޝާ - 2025-02-07T11:33:00

    ވަރައް ރަންގަޅު ކަންމެއް މިކަންތައް އިސްލާހު ނުކުރާމީހުން 1000 ރުފިއާ އިން ޖުރިމަނާ ކުރަން ފެނޭ ސަބަބަކީ އާންމުންގެ އެތައް ބަޔަކައް ޖެހޭ އުންދަގުލަކައް ވުން.