Saturday, October 31
މޯލްޑިވިއަން އިން އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން އިއުލާން ކުރާ ކަމަށެވެ.

އެ ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ލީސްއަށް ފަސް އަހަރުގެ މުއްދަތަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބޭރުގެ އުދުހުންތައް އިތުރު ކުރުމުގެ މުހިންމު މަޤްސަދުގައި އައިލެންޑް އޭވިއޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު މަތިންދާބޯޓުތައް ދަނީ އިތުރުކުރަމުންނެވެ.

އެ ގޮތުން ބައިނަލްއަޤްވާމީ އުދުހުންތައް ވީހާވެސް އިތުރުކޮށް، އިތުރު މަންޒިލްތަކަށް ދަތުރުކުރެވިގެން ދިއުމަކީ އެ ކުންފުނިން ހާޞިލްކުރަން ބޭނުންވާ ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ގައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު