ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަދުގެ ރިޔާސީ ބަޔާނަކީ ވަރަށް އުންމީދީ ބަޔާނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ލީޑަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނަ ވިދާޅުވީ މިއަދުގެ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ އެހާމެ ތަފުސީލީ ބަޔާނެއް ކަމަށެވެ.
ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެ ނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަ ޖެހިގެން ދާނެކަން ޔަގީންވާ ކަމަށާއި، އުންމީދަކީ އިންގިލާބީ އަހަރަކަށް މި އަހަރު ވެގެން ދިއުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
https://twitter.com/nazim7878/status/1887449160963793095
ރައީސް ވަނީ ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުމާއި ތަރައްގީ އަށް މިހާތަނަށް ފެށިފައި ހުރި ކަންކަމާއި ކުރަން ރާވާފައި ހުރި ވަރަށް ގިނަ ކަންކަމުގެ ވާހަކަތައް ހިއްސާކުރައްވާފައިވެ އެވެ.






