Saturday, October 31
ރައީސް ދެއްވި ރިޔާސީ ބަޔާނަކީ އުއްމީދުތަކެއް އާވެގެން ދިޔަ ބަޔާނެއް: ޝަމްއާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނަކީ އެތައް ރައްޔިތުންތަކެއްގެ އުއްމީދުތައް އާވެގެންދިޔަ ބަޔާނެއް ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ބަޔާނާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝަމްއާން ވިދާޅުވީ ރައީސްގެ ބަޔާނަކީ ވޭތުވެދިޔަ އަހަރު ހާސިލް ކުރެވިފައިވާ މުހިއްމު ގިނަ ކަންތައްތަކަކާއި ނެރެވިފައިވާ ނަތީޖާތަކެއްގެ މަޢުލޫމާތު ލިބިގެންދިޔަ ރިޔާސީ ބަޔާނެއް ކަމަށެވެ.

އެގޮތުން ހާއްސަކޮށް ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތާއި ކުރަމުންދާ މަސައްކަތާއި އަދި ކުރުމަށް ރޭވިފައިވާ މަސައްކަތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވި ކަމަށް ޝަމްއާން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރަފުކުރެވި، މިހާތަނަށް އިމިގްރޭޝަން ވޮޗްއަށް 1297 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ 11 މައްސަލަކަން ރައީސް އިއްވެވި ބަޔާނުގައި މިއަދު ވިދާޅުވިއެވެ.

އަދި 17 ނޮވެންބަރު 2023އިން ފެށިގެން މިއަދާ ހަމައަށް 24540 ބިދޭސީން ރެގިއުލަރައިޒް ކުރެވިފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު