Saturday, October 31
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ދޭން ފަށާނެ: ރައީސް

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ފެރީ ޚިދުމަތް ދޭން ފަށާނެ ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވާ، ޤައުމާ މުޚާޠަބު ކުރައްވާ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސްގެ ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައިވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ޒަމާނުއްސުރެ އާންމު ރައްޔިތުންނަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލުހޯއްދަވައި ދެއްވުމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތް، ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރެއްވުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމަށާއި، ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ ގަން އެއަރޕޯޓް މިއަހަރު ހުޅުވުމާމަށާއި، މ. މުލީ އެއަރޕޯޓް އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރައްވަމުންދާކަން އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، އަދި ލ. ކައްދޫ އެއަރޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ވަޢުދުވެވަޑައިގެންފައިވާގޮތަށް އެ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު