Friday, November 13
މާވެޔޮމަގު ކެފޭއެއްގެ ތެރޭ މާރާމާރީ ހިންގި ނޭޕާލު ކައްކާ ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު ހެދުނު މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭ މާރާމާރީ ހިންގި ނޭޕާލު ކައްކާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ނޫސްވެރިންނަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 24 އަހަރުގެ، ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ސިދަރުތާ ގުރުންގު، ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

އޭނާގެ ބަންދަށް ކޯޓުން މިހާރު ވަނީ ފަސް ދުވަސް ޖަހާފައެވެ.

މި މާރާމާރީގައި ކައްކާގެ އިތުރުން އެ ކެފޭގެ ބަދިގޭގައި މަސައްކަތްކުރާ މީހަކަށްވެސް އަނިޔާވި އެވެ.

ފުލުހުން މިއަދު ބުނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެހީތެރިޔާއަށް މިހާރު ފަރުވާދެމުން ދަނީ އައިސީޔޫ ގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަނިޔާވި މީހާގެ ވީޑިއޯ އިން ފެންނަގޮތުން މާރާމާރީގައި ޒަހަމުވި މީހާގެ ގައިން ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި މަންޒަރު އެ ފެނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު