Saturday, October 31
އައްޑޫ ލިންކް ރޯޑް ހެދުމުގެ މަސައްކަތް މި އަހަރު ފަށަނީ

އައްޑޫ ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތާއި އިތުރު މަގުތައް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރިޔާސީ ބަޔާނުގައި އެ މަގު މި އަހަރު ހަދާނެކަމުގެ ޔަގީން ދެއްވަމުން ރައީސް ވިދާޅުވީ އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެނދާނެ ކަމަށެވެ.

ރައީސް ވަނީ އައްޑޫ ބްރިޖްގެ މަސައްކަތް އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތުވެސް މިއަދު ހާމަކޮށްފައެވެ.

"އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސް ކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިޢުލާން ކުރާނަން" ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑްގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، މަގު މިހާރު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލް އަދި ގިނަ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އައްޑޫ ލިންކް ރޯޑްގެ ހާލަތު ގޯސްވެ ރައްޔޔިތުންގެ ޝަކުވާ ބޮޑުވެގެން އަލަށް ހެދި މަގު މިދިޔަ ހަފްތާގައި ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު