Saturday, October 31
ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން: ފަޙްމީ
ރައްޔިތުންގެ ޚިދުމަތުގައި އަޒުމާއި ފޯރިއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ޤައުމުގެ އެންމެހައި ދާއިރާތަކަށް އަލިއަޅުވާލައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއް ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޙްމީ ވިދާޅުވީ، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ނަތީޖާ ހާސިލުކޮށްދިނުމުގެ މައްޗަށް ކަމުގެ ޔަޤީންކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ، ޙަޤީޤަތުގައިވެސް ރައްޔިތުންގެ ސަރުކާރެއްކަން ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މާތްﷲ ބަރަކާތްލައްވައި، ކާމިޔާބު މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަން.
މީގެ އިތުރުން ފަޙްމީ ވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، ކުރެއްވުމަށް ރޭވިފައިވާ އެންމެހައި މަސައްކަތްތަކަށް ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ. ފަޙްމީ މިހެން ވިދާޅުވިއިރު، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ދެ ވަނަ ރިޔާސީ ބަޔާން އިއްވަވައިފައެވެ. މި ބަޔާނުގައި އެމަނިކުފާނު ވަނީ ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި އަހަރަށް ކަނޑައަޅުއްވާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ތަފްޞީލްތައް ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ދޮންދުބުރިމާ - 2025-02-06T14:23:05

    މިގޮލާ ނޫޅޭތަ މައިތިރި ވާކަށެއް ސިޔާސީ ނުވެ ޙިފުމަތް ދެވޭތޯ ބަލާބަލަ މާތާހިރު ވާނެ ދެދުވަހުން އެއް ދުވަސް ކަރަންޓް ނެތިގެން މިއުޅެނީ