Saturday, October 31
މަސްވެރިންނަށް ބޭންކުތަކުން ލޯނަށް އެދުމުގެ ފުރުޞަތު މިއަހަރު ފަހިވާނެ

މަސްވެރިންނަށް ބޭންކުތަކުން ލޯނަށް އެދުމުގެ ފުރުޞަތު މިއަހަރު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަމަށެވެ. އެގޮތުން ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އެމަނިކުފާނު އެންމެ މުހިންމު އެއް ސިޔާސަތުކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ޤައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ޚިދުމަތްތެރީން ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުޞަތެއް ފަހިކޮށްދޭން. މިއީ އެއް ޤައުމެއް. އެއް އާއިލާއެއް" ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް  ގެނެވޭ ޒަމާނީ ކުރިއެރުމާއި ނިޒާމީ ހަރުދަނާކަމުގެތެރޭން ރައީސް ވަޢުދުވެފައިވާ ގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރެއް އުފައްދާ، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ ވަނީ ރަޖިސްޓަރީވެފާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތައް  ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަން ވެސް އެމަނިކުފާނުގެ މިއަދުގެ ރިއާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު