ގއ. ވިލިނގިލީގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު، ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސަޢުދު މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި އަންހެނަކު، އޭނާ ވިހެއި ދަރިފުޅާއެކު ނިޔާވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
ގއ.ވިލިނގިލި، ޒަމާނީވިލާ، ޝިއުނާ ތައުފީގް އާއި ދަރިފުޅު ނިޔާވި ޚަބަރު ލިބުނީ ނުހަނު ހިތަޔާއިއެކު، މިއީ ގަބޫލުކުރަންދަތި ހިތާމަވެރި ހާދިސާއެއް! ދައުލަތުގެ ސިއްޚީ ނިޒާމް ފެއިލްވެ، އެކަށީގެންވާ ފަރުވާ ނުލިބި އިމަޖެންސީ އިވެކުއޭޟަން…
— Saud Hussain (@SaudVillingili) February 6, 2025
އެ ޕޯސްޓުގައި ސަޢުދު ވިދާޅުވީ، ގއ. ވިލިނގިލި، ޒަމާނީވިލާ، ޝިއުނާ ތައުފީޤާއި ދަރިފުޅު ނިޔާވި ޚަބަރު ލިބުނީ ނުހަނު ހިތާމައާއެކު ކަމަށާއި، މިއީ ޤަބޫލުކުރަންދަތި ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
"ދައުލަތުގެ ސިއްޚީ ނިޒާމް ފެއިލްވެ، އެކަށީގެންވާ ފަރުވާ ނުލިބި އިމަޖެންސީ އިވެކުއޭޟަން ލަސްވެ، މަންމައާއި ދަރިފުޅު އަޅުގަނޑުމެންނާއި ވަކިވެދިޔަ ހިތާމަވެރި ހާދިސާއެއް! ވިލިނގިލީގެ ހާލަތާއި މެދު ނުހަނު ކަންބޮޑުވަން!"، ސަޢުދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
"މާތް ﷲ ، މައްޔިތާގެ ފާފަ ފުއްސަވައި ، ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާ ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި!"، ސަޢުދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ދެ މައިން މަރުވެފައިވަނީ ސިޒެރިއަން ހެދުމަށް ފަހު ދެ މައިންގެ އޮކްސިޖަން ދަށްވެގެންނެވެ. ސިޒޭރިއަން ހެދުމަށް ފަހު މައިމީހާ ހޭނާރާކަމަށް މަޢުލޫމާތު ލިބެއެވެ. އަށް މަހުގައި ސިޒޭރިއަން ހެދުމަށް ފަހު ނެގި ދަރިފުޅު މަރުވެފައިވަނީ އެއަރ އެމްބިއުލާންސް އިން ރޭ މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައެވެ.
ގއ. ހޮސްޕިޓަލުގައި ވިހޭ މި އަންހެންމިހާ އާޢި ދަރިފުޅު މަރުވި މައްސަލައިގައި ފަރުވާ ލަސްވެފައިވާ ކަމަށް ބުނެ ވިލިނގިލީ ހޮސްޕިޓަލްދޮށަށް އެއްވެ އެ ރަށުގައި ވަނީ އަޑު އުފުލާފައެވެ. އިއްޔެ ހިނގި މިހާދިސާގައި ފަރުވާ ލަސްވެފައިވާ ކަމަށް ބުނެ އެރަށުގެ ގިނަ ބަޔަކު މީސްމީޑިއާގައިވެސް ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.
މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ޞިއްޙީ ވުޒާރާއިން މައުލޫމާތުދެއެވެ.
ވިހެމުގެ ތެރޭގައި މައިމީހާ އާއި ދަރިފުޅު މަރުވުމަކީ ރާއްޖޭގައި މިހާރު ވަރަށް މަދުން ނޫނީ ހިންގާ ހާދިސާތަކެވެ.
މި ލިޔުން ކިޔާލުމުން