Friday, November 13
ގއ. ވިލިގިލީގައި ވިހޭ އަންހެނަކު ދަރިފުޅާއި އެކު މަރުވެއްޖެ

ގއ. ވިލިގިލީގައި ވިހޭ އަންހެނަކު ދަރިފުޅާއި އެކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ދެ މައިން މަރުވެފައިވަނީ ސިޒެރިއަން ހެދުމަށް ފަހު ދެ މައިންގެ އޮކްސިޖަން ދަށްވެގެންނެވެ. ސިޒޭރިއަން ހެދުމަށް ފަހު މައިމީހާ ހޭނާރާކަމަށް މައުލޫމާތުލިބެއެވެ. 8 މަހުގައި ސިޒޭރިއަން ހެދުމަށް ފަހު ނެގި ދަރިފުޅު މަރުވެފައިވަނީ އެއަރ އެމްބިއުލާންސް އިން ރޭ މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައެވެ.

ގއ ހޮސްޕިޓަލުގައި ވިހޭ މި އަންހެންމިހާ އާޢި ދަރިފުޅު މަރުވި މައްސަލައިގައި ފަރުވާ ލަސްވެފައިވާ ކަމަށް ބުނެ ވިލިގިލީ ހޮސްޕިޓަލްދޮށަށް އެއްވެ އެ ރަށުގައި ވަނީ އަޑު އުފުލާފައެވެ. އިއްޔެ ހިނގި މިހާދިސާގައި ފަރުވާ ލަސްވެފައިވާ ކަމަށް ބުނެ އެރަށުގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ވިހެމުގެ ތެރޭގައި މައިމީހާ އާއި ދަރިފުޅު މަރުވުމަކީ ރާއްޖޭގައި މިހާރު ވަރަށް މަދުން ނޫނީ ހިންގާ ހާދިސާތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު