މޫސުމީ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ކަންކަން ހިމެނޭހެން އެކި ދާއިރާތަކުން އެއްބާރުލުންދީ އެފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮތް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން ރައީސް މިހެން ވިދާޅުވީ ނިއުޒީލަންޑްގެ ވައިޓެންގްއީ ޑޭ ނުވަތަ އެ ޤައުމުގެ ޤައުމީ ދުވަހާ ގުޅިގެން ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، ކިންގްސް ސަރވިސް އޯޑަރ (ކޭ.އެސް.އޯ) ހަރ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފަރ ލަކްސޯންއަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައެވެ.
ރައީސްގެ ސިޓީފުޅުގައި ވަނީ ގަވަރުނަރު ޖެނެރަލާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، ތަނަވަސްކަމާއި އަމާންކަން ދެމިއޮތުމަށް އެދިވަޑައިގެން، ނިއުޒީލެންޑްގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ނިއުޒިލެންޑްގެ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ނުހަނު އުއްމީދުކުރައްވާ ކަމަށެވެ.
As New Zealand celebrates Waitangi Day, I convey greetings and best wishes to @GovGeneralNZ Dame Cindy Kiro, PM @chrisluxonmp, the Government and to every Kiwi.
May this day unite New Zealand in remembrance of the merits of inclusivity and goodwill that exemplify the national… pic.twitter.com/s054QNZNxn
— Dr Mohamed Muizzu (@MMuizzu) February 6, 2025
ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމަންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް، އެ ޤައުމުން ފާހަގަކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގައެވެ.
ރާއްޖެއާއި ނިއުޒީލަންޑާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 10 އޮކްޓޫބަރު 1974 ގައެވެ.
މި ލިޔުން ކިޔާލުމުން