Wednesday, November 18
އެމްޕީއެލްގެ އެމްޑީ އަކަށް ރިޝްވާން ޢައްޔަންކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީ.އީ.އޯ، މުޙައްމަދު ރިޝްވާން ޢައްޔަންކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެމްޕީއެލްގެ އެމްޑީގެ މަޤާމަށާއި، އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާން މިއަދު ޢައްޔަންކުރައްވާފައިވާ ކަމަށެވެ. އެމްޕީއެލްގެ އެމްޑީގެ މަޤާމު ހުސްވެފައި މިވަނީ އެ މަޤާމުގައި ކުރިން އިންނެވި މުޙައްމަދު ވަޖީޙް އިބްރާހީމް އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އެ މަޤާމަށް މިއަދު ޢައްޔަންކުރެވުނު ރިޝްވާނަކީ މީގެ ކުރިން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ އިތުރުން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސާއި، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުކަންވެސް ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު