Saturday, October 31
ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

ހުޅުމާލޭގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ.

އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި ހެދި ނާދީ ހުޅުވީ މިއަދު ހެނދުނު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނާދީ ހުޅުއްވައިދެއްވީ، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ނާދީ ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން އިރުއޮއްސި 6:00 އަށެވެ.

އިސްރަށްވެހިންގެ ނާދީގެ މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރުން ކަމަށް އެޗްޑީސީއިން ބުންޏެވެ.

އެގޮތުން، މިއަދު ހުޅުވި ނާދީ ތަރައްގީކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު