Saturday, October 31
ބާރުގަދަ ބޭފުޅަކު ކަމުގައި ވިޔަސް، ޤާނޫނާ ޚިލާފަށް ކަންކަން ނުކުރެވޭނެ: މައުމޫން
ބާރުގަދަ ބޭފުޅަކު ކަމުގައި ވިޔަސް، ބައިނަލްއަޤުވާނީ ޤާނޫނާ ޚިލާފަށް ކަންކަން ނުކުރެވޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ފާޑުވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވަނީ  އެމެރިކާއިން ޣައްޒާ  އަތުލައި  އެތާނގައި ރީތި ހިތްގައިމު  ރިވިއެރާ އެއް ހަދާނެކަމަށް.  އަދި ޣައްޒާގައި  މިހާރު ދިރިއުޅޭ މީހުން އެހެންތާކަށް  ބަދަލުކުރާނެކަމަށް.  ކިތަންމެ  ބާރުގަދަ  މީހަކަށްވެސް  ބައިނަލްއަޤްވާމީޤާނޫނާ  ޚިލާފަށްމިފަދަކަމެއް  ކުރެވިގެނެއްނުވާނެ ކިތަންމެ ބާރުގަދަ ބޭފުޅަކު ނަމަވެސް ބައިނަލްއަޤުވާނީ ޤާނޫނާ ޚިލާފަށް ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ރައްދު ދެއްވައިފިއެވެ. އެމަނިކުފާނު  "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއިން ޣައްޒާ އަތުލައި އެ ތަނުގައި ރީތި ހިތްގައިމު ރިވިއެރާއެއް ހަދާނެކަމަށް ޓްރަމްޕް ވިދާޅުވި ކަމަށެވެ. އަދި، ޣައްޒާގައި މިހާރު ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކުރާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވި ކަމަށް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އެމެރިކާއިން ޣައްޒާއަށް ވެރިވެ، އެ ސަރަހައްދު އަލުން ތަރައްގީކުރުމާ ހަވާލުވާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ. ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެމެރިކާއިން ޣައްޒާއާ ހަވާލުވެ، އެ ތަން އާރާސްތު ކުރާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް ބައެއް ގައުމުތަކުން އެކަމާވަނީ ދެކޮލޫ ހަދާފައެވެ. އޭގެ ތެރޭގައި މިސްރާއި އުރުދުން ހިމެނެއެވެ. އިސްރާއީލުން މެދުކެނޑުމެއްނެތި 14 މަސްވަންދެން ޣައްޒާގައި ހިންގަމުން އައި ގަތުލްއާންމު މެދުކަނޑާލުމަށްފަހު، ހަމާސާ އެކު ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ 33 އަސީރުން ދޫކޮށް ފަލަސްތީނުގެ 2،000 މީހުން މިނިވަންކުރަން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ދިރާސާނަން - 2025-02-05T17:15:05

    ތިކަލަ މުހިންމު މެސެޖްތައް އިނގިރޭސި ބަހުން ލިއުއްވާ އަދި ޓްރަމްޕަށް ޓެގް ކުރައްވާފަ