Saturday, November 14
ހޯމަ ދުވަހު ކިރުވި މަހަށް 4.4 މިލިއަން ރުފިޔާ ދައްކައިފި

މިދިޔަ ހޯމަ ދުވަހު ކިރުވި މަހަށް 4.4 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 3 ވީ ހޯމަ ދުވަހު މިފްކޯ އަށް ކިރި މަހަށް 4.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިއްޔެ މަސްވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ 64 މަސް ދޯންޏަކުން މަސް ކިރާފައިވާ މަހަށް ދެއްކި ފައިސާއެވެ.

މި މަހުގެ އެއްވަނަ ދުވަހު މިފްކޯއަށް 68 ދޯންޏަކުން ކިރާފައިވާ މަހަށް 5.6 މިލިއަން ރުފިޔާ ވަނީ ހޯމަ ދުވަހު ދޫކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ސަރުކާރުގެ ވައުދަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ކިރާ މަހަށް ފައިސާ ދޫކުރުމެވެ. މިދިޔަ ޑިސެމްބަރު 10 އިން ފެށިގެން އެ ވައުދާ އެއްގޮތަށް ކިރާ މަހަށް ފައިސާ ދޫކުރަން ވަނީ ފަށާފައެވެ.

މަސްވެރިންނަށް ދޫކުރާ ފައިސާގެ ތަފާސްހިސާބުތައް ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން އަންނަނީ އާންމު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު