Monday, November 2
މިއަހަރު 60 ރަށުގައި ކެންސަރ ސްކްރީން ޙަރަކާތް ކުރިއަށް ގެންދެވޭނެ: ކެންސަރ ސޮސައިޓީ

ކޮންމެ އަހަރަކުވެސް ކެންސަރު ބައްޔަށް މީހުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި މިއަހަރު 60 ރަށުގައި ކެންސަރ ސްކްރީން ކުރުމުގެ ޙަރަކާތް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ކެެންސަރ ސޮސައިޓީން ބުނީ ކޮންމެ އަހަރަކުވެސް 10 ވަރަކަށް އަތޮޅަށް ގޮސް ސްކްރީން ކުރުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގެވެސް 6 ނުވަތަ 7 ރަށުގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ. މިއަހަރު 60 ރަށް ކަވަރ ކުރުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކެންސަރ ސްކްރީން ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއް ކަވަރު ކުރެވޭނެ ކަންވެސް އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

ކެންސަރ ސޮސައިޓީން މިއަދު ވަނީ އއ. އަތޮޅުގައި ކެންސަރ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

އެގޮތުން އެ އަތޮޅުގެ ރަސްދޫ، އުކުޅަސް، ތޮއްޑޫ، މަތިވެރި، ބޮޑުފުޅަދޫ އަދި ފެރިދޫ ގައި ޓެސްޓްކުރުމާއި ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ކެންސަރ ސޮސައިޓީން މައުލޫމާތު ދިންގޮތުގައި މިއަދާއި މާދަމާ މި ރަށްރަށަށް ޓީމްތައް ގޮސް ހޭލުންތެރިކުރުމުގެ ސެޝަންތައް ނަގައިދޭނެއެވެ. މި ސެޝަންތައް މައިގަނޑުގޮތެއްގައި ކުރިއަށް ގެންދަނީ ސްކޫލ ކުދިންނާއި ބެލެނިވެރިން އަދި އާއްމު ރައްޔިތުންނަށް ވަކިންނެވެ. ސްކޫލްތަކާއި އެޑިޔުކޭޝަންވެސް އަދި ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދާ މި ސެޝަނުގައި ސްކޫލްތަކުގެ ގްރޭޑް 6 ން ފެށިގެން މަތީ ދަރިވަރުންނަަށް ސެޝަންގައި މައުލޫމާތު ދެވޭނެއެވެ.

ކެންސަރ ސޮއިޓީން ބުނީ ރަށްރަށުގައި ސްޓޭޝަންވެ ތިބެގެން ހަ ވައްތަރެއްގެ ކެންސަރަށް އަތޮޅުތަކުގެ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ހެލްތު ސެންޓަރުތަކާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާނެކަމަށެވެ. އޭގެ ތެރޭގައި އުރަމަތީ ގެ ކެންސަރު، އަނގައިގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރ، އަދި ރަހިމުގެ ދޮރަށް ޖެހެ ކެންސަރު ހިމެނެއެވެ. މިއީ ހިލޭ ދިވެހި ރައްޔިތުންނަށް ކުރިއަށް ގެންދެވޭ ޓެސްޓްތަކެއް ކަމަށްވާތީ މި ފުރުޞަތުގެ ބޭނުން ހިފުމަށް އެ ޖަމްއިއްޔާއިން އެދެއެވެ.

ކެންސަރި ސޮއިޓީގައި ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކައި، އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ އިތުރުން ފަރުވާ ދޭ މީހުންނާއި އެކު އުފައްދާފައިވާ ކެންސަރ ސަޕޯޓް ގްރޫޕުގައި މިހާރު ވެސް 260 އަށް ވުރެ ގިނަ މީހުން ތިބެއެވެ.

ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ “United by unique” އެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މިބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު