Saturday, October 31
މެޑިކަލް ރެކޯޑް ލީކުވި މައްސަލައެއް ދަނީ ބަލަމުން: ހެލްތު މިނިސިްޓްރީ

ޞިއްޚީ ޚިދުމަތްދޭ ތަނަކުން ބަލި މީހެއްގެ މެޑިކަލް ރެކޯޑް ލީކުވި މައްސަލައެއް ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައިމިވަނީ ބަލި މީހެއްގެ އެކްސްރޭ ލިކްވެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ބަލިމީގެއްގެ ބައްޔާއި ގުޅޭ މަޢުލޫމާތު ލީކްވެފައިވާ މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ތީ އެކަން ބަލަމުންދާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ހޮސްޕިޓަލެއް ގެ ކޮންމައްސަލައެއްކަމެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

ޞިއްޚީ އެއްވެސް ޚިދުމަތްދޭ ތަނަކުން ބަލިމީހާއާއި ގުޅޭ އެއްވެސް މައުލުމާތެއް ހާމަކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު