ހަރަތު ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ އުޅަނދު ބާއްވާނެ ސައްޙަ ގަރާޖެއް ދެއްކުމަށް ފަހުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިސްޓްރީން ވިދާޅުވީ މި ގޮތަށް ނިންމުމާއި އެކު ޤާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިސްޓްރީގެ ފަރާތުން އެތަނަށް ގޮސް ގަރާޖު ޗެކް ކުރާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. މމިކަން މިގޮތަށް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އުޞޫލުން ބޭރުން ރަޖިސްޓްރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި އައު އުޞޫލުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވުނު 4 ފުރޮޅުލީ އުޅަނދުގެ ނިސްބަތް ވަނީ %74.1 ދަށްވެފައެވެ. މިއީ މާލެ ސަރަހައްދަށް އިތުރުވަމުން ދިޔަ އުޅަނދުގެ މިންވަރު ވަރަށް ބޮޑު ތަނުން ދަށްވެފައިވާކަން ދައްކުވައިދޭ ތަފާސްހިސާބެއް ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މި އައު އުޞޫލަކީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށާއި، ގަވާއިދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީކުރުން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މާލޭގެ މަގުތަކުގައި ޕާކުކުރެވިފައި ހުންނަ އުޅަނދުގެ އަދަދު މަދުވެ، ދަތުރުފަތުރު ތޮއްޖެހުމަށް ލުޔެއް ލިބޭނެކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން
2 ކޮމެންޓު
ހަތަރު ފުރޮޅު✅
މި ލިޔުން ކިޔާލުމުން
ތިކަން ތިގޮތަށް ކުރެއްވި ނަމަވެސް އަސްލު މައްސަލަ އަށް ހައްލެއް ނުލިބެއެވެ. ގަރާޖަކަށް ރަޖިސްޓްރީ ކުރިވެހިކަލް. ޏުދުއްވާ ވަގުތު ތަކުގަ އަބަދުވެސް އޮންނަނީ މަގުމަތީގައެވެ. ތިގޮތަށް އެކި ފަރާތްތަކަށއ މަަންފާ ލިބޭގޮތަށް ކޮށއ މަގުމަތީ ޕާކް ކުރުމަށް ވުރެ، ސަރުކާރުގެ ހުސް ބިންތަކަށއ މިހާރުން މިހާރަށަށްވެސް ކާރުތަށް ރަޖިސްޓްރީ ކޮށް މަހުފީގެ ގޮތުގަ 1000 ރުފިޔާ ދައުލަތަށް ލިބޭގޮތަށް ރަޖިސްޓްރީ ކުރުން މާ ރަނގަޅު ވާނެކަމަށް ފެނޭ. ޕާކިން ބިލްޑިންގ އަޅާ ނިމުމުން، ރަޖިސްޓްރީ ކުރެވިފަ ހުރި ވެހިކަލް ތަކަކަށް ޖާގަ ދިނުމުން މައްސަލަ ހައްލުވެ މަގުތަށް ފަސޭހަ ވާނެ ކަމަށް ގަބޫލުކުރެވޭ. ވެހިކަލް އެތެރެވުން އަދިވެސް ކުރިއަށް ދަނީ، އެކަމެއް ނުހުއްތުވޭ. ޢެކަންވެސް ޓްރާންސްޕޯޓް ގެ ހުއްދަ ހޯދާ ޕާކިން ސްލޮޓް ޔަގީން ވުމުން ހުއްދަ ލިބޭ ގޮތަށް ބަދަލު ކުރަން ފެނޭ. މީ އަޅުގަނޑުގެ ޚިޔާލް
މި ލިޔުން ކިޔާލުމުން