Saturday, October 31
ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދަނީ

ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދުމަށް ފެމިލީ ކޯޓުން އިޢުލާންކޮށްފިއެވެ.

އެ ކޯޓުން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެތެއް ކަމުގައިވާން ވާނެ ކަމަށެވެ. މިގޮތުން ފެމިލީ ކޯޓަށް 12 މަޢުޛޫނުން ބޭނުންވާ ކަމަށާއި، ކޮންމެ މަޢުޛޫނަކަށް އަޤުދުކޮށްދޭ ކޮންމެ ކައިވެންޏަކަށް 250ރ. ލިބޭނެ ކަމަށްވެސް އިޢުލާންގައި ވެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ވަނަވަރާއި، އައިޑީ ކޮޕީގެ އިތުރުން ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީއާއެކު 13 ފެބުރުވަރީ 2025ގެ 13:30 ގެ ނިޔަލަށް ޖަސްޓިސް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ recruitment@familycourt.gov.mv އަށް ހުށަހަޅަންވާނެއެވެ.

މި މަޤާމަށް ހޮވޭ ފަރާތްތަކާ ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭން ޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެ ކަމަށްވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު