Saturday, October 31
އައްޑޫގައި ވެސް ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރަނީ

މި އަންނަ ހޮނިހިރު ދުވަހުން ފެށިިގެން އައްޑޫގައި ވެސް ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓް ދޫކުރަން ނިންމައިފި އެވެ.

އައްޑޫގައި ހޮނިހޮރު ދުވަހުވެސް ޕާސްޕޯޓު ދޫކުރާނެކަމަށް ހާމަކުރެއްވީ ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު، ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގަ އެވެ.

ޝައްމާން ވިދާޅުވީ ހޮނިހިރު ދުވަހު ޕާސްޕޯޓްގެ ޚިދުމަތް ދޭން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މާލެއާއި ހުޅުމާލޭގެ އިތުރުން އެކަން ދެވަނަ އަށް ފަށާ ތަނަކީ އައްޑޫ ކަމަށް ޝަމާން ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި އިމިގްރޭޝަން އޮފީސް ހިންގަނީ މަރަދޫގަ އެވެ. އެގޮތުން އައްޑޫ ގައި މިހާތަނަށް ޕާސްޕޯޓް ދޫކުރަމުން އައިސްފައި ވަނީ ހަފްތާގެ ރަސްމީ ފަސް ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު