Saturday, October 31
ޑިމޮކްރެޓްސް އިން މިނިވަން ބަހުސް ގެ ނަމުގައި ފޯރަމްތަކެއް ބާއްވަނީ

ދަ ޑިމޮކްރެޓްސް އިން "މިނިވަން ބަހުސް" ގެ ނަމުގައި ފޯރަމްތަކެއް ބާއްވަން ނިންމައިފިއެވެ.

ސިލްސިލާކޮށް ކުރިިއަށް ގެންދާ މި ފޯރަމްތަކުގެ ފުރަތަމަ ފޯރަމް ބާއްވަން ނިންމާފައި ވަނީ މިއަންނަ ހުކުރު ދުވަހު ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ޑިމޮކްރެޓްސް އިން ބުނީ ފޯރަމްގައި ފުރަތަމަ ވާހަކަ ދައްކަން ހަމަޖެހިފައިވާ މައުޟޫއަކީ “ ޑިމޮކްރަަސީ ޔޫޓާންއެއް ނެގީ ކޮން އިރަކު؟" އެވެ.

https://twitter.com/TheDemocratsMV/status/1886270033669882349

މި ފޯރަމް ބާއްވާނެ ތަނަކާއި ގަޑި އަދި ޑިމޮކްރެޓްސް އިން އިއުލާނެއް ނުކުރެ އެވެ.

އެ ޕާޓީން "މިނިވަން ބަހުސް" ފޯރަމްތަށް ބާއްވަން ނިންމި އިރު، 2023 ގައި އުއްފެދި ޕާޓީގައި ކުރިން އިސްކޮށް ތިއްބެވި ބޭފުޅުންތަކެއް ޕާޓީ ދޫކޮށްލައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ލީޑަޝިޕްގައި މިހާރު ތިއްބެވީ އާ ބޭފުޅުންތަކެކެވެ.

ޑިމޮކްރެޓްސް މިހާރުގެ ރައީސަކީ ކުރީގެ މަޖިލިސް މެންބަރު އިމްތިއާޒް ފަހުމީ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު