އާދިއްތަ, November 1
ރޯދައަށް ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނާޅަން އެދެފި
ކުރިއަށް އޮތް ރަމަޟާން މަހަށް ގޭތެރެ ސާފުކުރުމަށް ފަހު މަގުމައްޗަށް ކުނި ނޭޅުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާކޮށްފިއެވެ. އެ އެޖެންސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ޒީނަތްތެރިކުރަން ސާފުކުރުމުން ގިނަ އަދަދެއްގެ ކުނި އުފެދޭކަމަށެވެ. އެހެން އުފެދޭ ކުނިތައް މަގުމައްޗަށާއި ދުވާރު މައްޗަށް ނެރޭކަން ކުރިން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ގޭތެރެ ސާފުކޮށްފައި ނެރޭ ކުނީގެ އިތުރުން،  މިފަހަކަށް އައިސް އާންމުކޮށް ގޭބީސީތަކާއި ފިހާރަތަކުގައި އުފެދޭ ކުނި ވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަކޮށް ކަމުގެ ސަބަބުން މަގުތައް ނުސާފުވާ ކަމަށާއި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް އީޕީއޭ ގެ ބަޔާނުގައި ބުނެފައެވެ. އެފަދަ ކުނީގެ ސަބަބުން ސިއްހީ ގޮތުން މައްސަލައެއް ކުރިމަތިވެދާނެތީ، ވެސް ކުނި މަގުމައްޗަށް ނުނެރުމަށް ވަނީ އެދިފައެވެ. "މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަޙައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ" އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އީޕީއޭ އިން ވަނީ ކުނި އުކާލުމަށް ކުރިއާލާ ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައެވެ. ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެ ގޮތަކަށް އެއްވެސް މީހަކު ކުނި ގެންގުޅުން ނުވަތަ ނައްތާލުމުގެ ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް އީޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު