މާލޭގެ ކެފޭއެއްގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާވެޔޮ މަގުގައި ހުރި ކެފޭއެއްގައި މާރާމާރީ ހިންގި މައްސަލައެއް މިއަދު 12:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، މާރާމާރީ ހިނގީ ބިދޭސީންތަކެއްގެ މެދުގައި ކަމަށެވެ. މިގޮތުން މި މާރާމާރީގައި އެއް ބިދޭސީއަކަށް އަނިޔާވެފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.
މި މާރާމާރީ އާ ގުޅޭ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުންދާއިރު، ޒަޚަމްވެފައި އިން މީހަކު ކެފޭއެއްގައި އިށީނދެގެން އިން މަންޒަރު ފެނެއެވެ. އަދި އޭނާގެ އަތުގައާއި ގަމީހުގައިވެސް ލޭ ހުއްޓެވެ. އޭނާ ކައިރީގައި އިތުރު ފިރިހެނަކު ހުރިއިރު، ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ނޭޕާލްގެ މީހަކާއި ބަންގްލަދޭޝްގެ މީހެއްގެ މެދުގައެވެ.
މި ލިޔުން ކިޔާލުމުން