Saturday, October 31
ލ. ގަމުގެ ފެނުގެ މަޝްރޫއު ނިމި ޚިދުމަތް ދޭން ފަށައިފި
ލ. އަތޮޅު ގަމުގެ ފެނުގެ މަޝްރޫއު ނިންމާ ޚިދުމަތް ދޭން ފަށައިފި ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ގަމުގައި ފެނުގެ ޚިދުމަތް ދިނުމަށް ހިންގި މަޝްރޫޢުގެ ދަށުން 250 ޓަނުގެ 2 އާރްއޯ ޕްލާންޓެއް ޤާއިމުކޮށްފަައިވާކަމަށެވެ.  މީގެ އިތުރުން ފެން ރައްކާކުރުމަށް 1080 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 720 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢުގެ ތެރެއިން ގަމުގައި 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ޤާއިމުކޮށް 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކުވެސް ޤާއިމުކޮށްފައިވެއެވެ. އަދި ޕްލާންޓްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 25 ކިލޯވޮޓްގެ އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިވަގުތު ޚިދުމަތް ފޯރުކޮށްދެނީ ސަޕްލަޔާ ޑިފެކްޓްސް ލައެބިލިޓީގެ ދަށުންނެވެ. 2021 ވަނަ އަހަރު ފެށި މަޝްރޫޢުގެ ދަށުން، ލ.ގަމުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. ގަމުގެ ފެނުގެ މަޝްރޫއު ހިންގާފައިވަނީ އިންޑިއާގެ އެކްސިމް ބޭންކްއިން ދޫކުރި ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. މި މަސައްކަތް ނިންމާ އިންޑިއާއިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު