Saturday, October 31
ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި

ންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައިގެ ތަޙުޤީޤަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅުއްވާ ގެ ބަލައިފާސްކުރިއިރު ފެނުނު ފައިސާ އޭނާއާ އަނބުރާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ފަޒުލްގެ ގެ ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ފައިސާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފަޒުލް ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ބިންވެރިޔާ ސްކީމުން ބޭރުން ގޯތި ދިން ކަމަށް ބުނެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށް އެޗްޑީސީގެ އެމްޑީގެ މަޤާމުން ފަޒުލް ވަނީ ޑިސެންބަރު 21 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް ފަޒުލް ވަނީ އިންކާރުކުރައްވައިފައެވެ.

މިގޮތުން ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުހުމަތުތަކަށް އިންކާރުކުރައްވައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ އިޝޫކުރަނީވެސް އަދި އެއްބަސްވުން ހަދަނީވެސް ނުވަތަ ބިން ހަވާލުކުރަނީވެސް އެޗްޑީސީން ނޫން ކަމަށެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ، އެޗްޑީސީން މިކަމުގައި ޝާމިލުވަނީ އިންފާރު ރާނަން އެޕްލިކޭޝަން އަންނަ ހިސާބުން އެކަނި ކަމަށާއި، އޭގެ ކުރިން އޮންނަނީ އެ ކުންފުންޏާއި ހައުސިންގ މިނިސްޓްރީ އާ ދޭތެރޭ އޮންނަ މުޢާމަލާތްތަކެއް ކަމަށާއި، އެހެންކަމުން އެ ކުންފުނިން ބަލަނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަކީ ރަޖިސްޓްރީ އޮންނަ ފަރާތެއްކަން ކަމަށާއި، އެހިސާބުން ފެށިގެން ބައުންޑްރީ ޕާމިޓް ދޫކުރަނީ ކަމަށެވެ.

މިގޮތުން އެއް ބިމަކަށް ދެ އެޕްލިކޭޝަނެއް ލިބުމުން، އެ މައްސަލަ ހައުސިންގ މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދެ ޕްލޮޓަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކި ކަމަށް ބުނާ ލިޔުންތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ފުލުހުންގެ ޚިދުމަތުން ވަނީ މި މައްސަލާގެ ތަހުގީގު ފަށާފައެވެ.

އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން މިނިސްޓްރީން އެންގުމުން ކަމަށް ބުނާ ލިޔުންތަކެއް ވެސް އާންމުވެފައިވެއެވެ.

އެ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެއެވެ. ނަމަވެސް އޭނާއަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު