Saturday, October 31
ވަޒީރު އާދަމް ޝަރީފް ފިލިޕީންސަށް، މަޤުޞަދަކީ ކައުންސިލްތަކުގެ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތައް ހޯދުން

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ފިލިޕިންސްގެ ވެރިރަށް މަނީލާއާށް ފުރާވަޑައިގެންފިއެވެ.

މިއީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މަނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ވަޒީރު ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވެއެވެ.

މި ދަތުރުފުޅަށް ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މި ދަތުރުގައި އެންމެ އިސްކަން ދެއްވާނީ ރާއްޖޭގެ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން ނުވަތަ ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރެވިދާނެ ގޮތްތައް ހޯއްދެވުމަށް ކަމަށެވެ.

މީގެ އިތުރުން، ކާމިޔާބުކަމާއެކު ލާމަރުކަޒީ ނިޒާމު ހިންގާ ޤައުމުތަކުގައި ކަންކަން ކުރައްވާ ގޮތް ދެނެގަނެ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާގެ ޢަލީގައި ހޯއްދެވުމަކީވެސް ދަތުުރުފުޅުގެ އަމާޒެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ އެހީއާއެކު ވަޒީރު ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު