މިދިޔަ ހޮނިހިރު ދުވަހު ސިނަމާލެ ބުރިޖު މަތީ ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ބިދޭސީއަކު ނިޔާވި ހާދިސާއާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކު ދުއްވަން އިން ސައިކަލު ޓޯކޮށް، އޭނާގެ ލައިސަންސް ހިފަހައްޓައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު 08:19 ހާއިރު ސިނަމާލެ ބުރިޖުން ހުޅުމާލެއިން މާލެ އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި، ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ވަނީ އެކްސިޑެންޓެއް ވެފައެވެ. މިހާރު މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ބިދޭސީ މިހާ ހައިވޭ މައްޗަށް ވެއްޓިފައި އޮއްވައި، ފަހަތުން އައި ސައިކަލެއް ވަނީ އެމީހާގެ ގައިމަތިން ގޮސްފައެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށް، އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އޭނާގެ ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހު 09:05 ހާއިރު އެމީހާ ވަނީ ނިޔާވެފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށާއި، މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
މި ލިޔުން ކިޔާ ނިމުނުއިރު މަރުވި މީހާ އާއި ލައިސަންސް ހިފެހެއްޓުނު މީހާއާއި އޮތީ ކޮން ގުޅުމެއްކަމެއް ނޭގުނު. ކޮންމެ އެއްޗެއް ވެސް ލިޔެވުމުން އެ ނިމުނީ. އެއްޗެއް އޮޅުން ފިލާކަށް ނުޖެހޭ. މި ލިޔުނު މީހާވެސް ބުނާނެ ތިމަންނައަކީ ރިޕޯޓަރެކޭ.
މި ލިޔުން ކިޔާލުމުން