Saturday, November 14
ކެންސަރު ދުވަހާއި ގުޅިގެން ދުންފަތާއި ދުރުވުމަށް ރައީސްގެ އިލްތިމާސްއެއް!
ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމަށާއި، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވަައިފިއެވެ. "ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައަޅަމާތޯ" ރައީސް ޑޮކްޓަރ މުއިއްޒު ގެ ޕޯސްޓުގައި ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ 4 އެއީ ދުނިޔޭގެ ކެންސަރު ދުވަހެއެވެ. މި ދުވަސް ފާހަގަކުރަނީ ކެންސަރާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް މައުލޫމާތު ފެތުރުމަށެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި 30 ޕަސެންޓްގެ ކެންސަރ އަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން މެދުވެރިވާ ކެންސަރުތަކެވެ. އޭގެ ތެރޭގައި ބައެއް ނުރަނގަޅު އާދަތައް ކަމަށްވާ ދުންފަތުގެ އިސްތިއުމާލު ކުރުން ، ދުފުން ހިމެނޭ ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ. މީގެ އިތުރުން މީހާގެ ބަރުދަން ހުންނަންވާ މިންވަރަށް ވުރެ އިތުރުވުމާއި، ތާޒާ ކާނާ މަދުން ކެއުމާއި، ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ބޭނުންކުރުން އިތުރުވުމަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކެންސަރު ބަލި ނޫނަސް އެހެނިހެން ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފައިވާ ކަމެކެވެ. ޒުވާނުން ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ވަނީ، ޒުވާނުން ވަރަށް ގިނައިން ބޭނުންކުރާ އީ ސިގްރޭޓް އަދި ވޭޕް ރާއްޖޭގައި ބޭނުންކުރުން އަދި ވިއްކުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު