Saturday, November 14
އައްޑޫ ސިޓީ ގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގެއެއް ހަދަން ނިންމައިފި

އައްޑޫ ސިޓީ ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގެއެއް ހަދަން ނިންމައިފިއެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ ދަށުން، އައްޑޫ ސިޓީ ފޭދޫގައި ސީނިއަރ ސިޓީޒަންސް ހޯމެއް ނުވަތަ އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީކުރަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މިހާރު ވަނީ އިއުލާންކޮށްފައެވެ.

އިސްރަށްވެހިންގެ ހިޔާތައް ޤާއިމުކުރުމުގެ މަސައްކަތަކީ އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެހީތެރިކަން ބޭނުންވާ މީހުންނަށް ދަޢުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކުރަން ނިންމާފައިވާ މަރުކަޒުތަކެކެވެ.

މާލެ ފިޔަވައި އެހެން ރަށެއްގައި އަޅާ ފުރަތަމަ އިސްރަށްވެހިންގެ ހިޔާ މި ޕްރޮޖެކްޓް ގެ މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބިޑްގައި ރަޖިސްޓަރ ކުރެވޭނެއެވެ.

އިސްރަށްވެހިންގެ ހިޔާވަހި އަކީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ހަދާ ތަނެކެވެ.

މާލޭގައި ހުންނަ އިސްރަސްވެހިންގެ ނާދީ އިން އިސްރަށްވެހިންނަށް ޚާއްޞަކޮށްެން ކޮންމެ ގިނަ ޙަރަކާތްތަކެއް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު