Saturday, November 14
މިދިޔަ އަހަރު އާސަންދައިގެ ޚަރަދު 3.3 ބިލިއަން ރުފިޔާ

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރާ ސްކީމް އާސަންދައިން މިދިޔަ އަހަރު ކުރި ޚަރަދު 3.3 ބިލިއަނަށް އަރައިފިއެވެ.

އާސަންދަ ކުންފުނިން މިއަދު އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ 4 ކުއާޓާގެ ޚަރަދުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ   ކުއާޓާގައި ކޮށްފައިވާ ކަރަދުތަކަށް ބަލާއިރު، 838 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ 276439  މީހަކަށް ޚިދުމަތް ފޯރުކޮށްދީގެންނެވެ.

ދެވަނަ ކުއާޓާގައި ، ފުރަތަމަ ކުއާޓަރަށް ވުރެ 15 މިލިއަން ރުފިޔާގެ މަދު ޚަރަދަކާއި އެކު ޖުމުލަ ޚަރަދުކޮށްފައިވަނީ 823 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ތިންވަނަ ކުއާޓަރުގައި ވަނީ އާސަންދައިގެ ޚަރަދު އޭގެ ކުރީ ދެ ކުއާޓަރަށް ވުރެ މަތިވެފައެވެ. ތިން ވަނަ ކުއާޓަރުގައި ޖުމުލަ ޚަރަދު 903 މިލިއަން ރުފިޔާއެވެ. އެއީ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު 101 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ތިން ވަނަ ކުއާޓަރުގައި ޚިދުމަތް ހޯދު މީހުންގެ އަދަދުވެސް ވަނީ ބޮޑުތަކުން އިތުރުވެފައެވެ. އެއީ 280،491 މީހަކަށެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ތިން ވަނަ ކުއާޓަރުގައި 1226 މީހަކު އިމަޖެންސީގައި ބޭސްފަރުވާއަށް ގެންދަންޖެހި، 2370 މީހުން ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި އާސަންދައިގެ ޚަރަދު ވަނީ ކުޑަކޮށްފައެވެ. އެގޮތުން 817 މިލިއަން ރުފިޔާ ޚަރަދުވި އިރު އެއީ ތިންވަނަ ކުއާޓަރަށް ވުރެ 86 މިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ފަހު ކުއާޓަރުގައި ރާއްޖެއިން ބޭރަށް 2327 މީހަކު ފޮނުވުނެވެ.

2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން، 2023 ވަނަ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދު 279،851 ގައި ހުރިއިރު، ފާއިތުވީ އަހަރު މި ޢަދަދުވަނީ 278،330 އަށް ދަށްވެފައެވެ.

އަހަރުން އަހަރަށް އާސަންދައަށް ކުރާ ޚަރަދު ދަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދެމުންދާ އިރުޝާދާއި އެއްގޮތަށް ސަރުކާރުން ދަނީ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާނުދޭނަމަ އެ ސްކީމަކުން ފައިސާ ކެނޑޭގޮތަށް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު