Saturday, November 14
ދެ މިނިސްޓްރީ އެއްކޮށްލުމުން 2 ޕާރމަނަންޓް ސެކެޓްރީންގެ މަޤާމްގެއްލިއްޖެ

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލުމުން، އެ ދެ މިނިސްޓްރީގައި ތިއްބެވި ދެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމު ގެއްލިއްޖެ އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ދެ މިނިސްޓްރީ އެއްކޮށްލުމާ ހަމައަށް ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވީ އެ މަގާމަށް މިދިޔަ ޖެނުއަރީ މަހު އައްޔަން ކުރި ފާތިމަތު ޝައުފާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ހުންނެވީ އަޖުވަދު މުސްތަފާ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަޖުވަދުގެ މަގާމު ގެއްލުނީ އެންވަޔަރަންމަންޓް މިނިސްޓްރީ އުވައިލުމާ ގުޅިގެންނެވެ. ގާނޫނުގައި އޮންނަ ގޮތުން މިނިސްޓްރީއެއް އުވުމާ އެކު އެ މަގާމު ގެއްލޭނެ އެވެ.

މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ޕާރމަންންޓް ސެކްޓްރީގެ މަޤާމުގައި ހުންނެވި ޝައުފާ ވަނީ އެމަޤާމުން ވަކިކޮށްފައެވެ.

މިނިސްޓްރީ ތަކަށް ޕާރމަންންޓް ސެކްޓްރީން އައްޔަން ކުރުމުގައި މިނިސްޓަރއަށް ބޭނުންވާ މީހަކު ނެގުމުގެ ފުރުޞަތު އޮވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު