ރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ކުރިއަރާނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 77 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
Heartfelt Independence Day felicitations to President @anuradisanayake, Prime Minister @Dr_HariniA, the government, and the friendly people of Sri Lanka.
Our countries share a special bond based on shared values, understanding, and mutual trust. I am confident that the 🇱🇰- 🇲🇻… pic.twitter.com/UGVvcM2s62
— Dr Mohamed Muizzu (@MMuizzu) February 4, 2025
މިގޮތުން ރައީސް ވަނީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސަނަޔާކޭއަށާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ސްރީލަންކާގެ މިނިވަން ދުވަހުގެތަހުނިޔާ ފޮނުއްވައިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖެއާއި ލަންކާ ހިއްސާކުރަނީ އެއް އުސޫލުތަކަކާއި، ވިސްނުމާއި އިތުބާރެއްގެ މައްޗަށް ބިނާވެފައިވާ ޚާއްޞަ ގުޅުމެއް ކަމަށެވެ. އަދި، އަވަށްޓެރިކަމާއި އެތައް ޤަރުނުތަކެއް ކުރިން ޤާއިމުވެފައި އޮތް ރަހުމަތްތެރިކަމެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖެއާއި ލަންކާގެ ގުޅުންތައް އިތުރު މަސައްކަތްތަކުގެ ތެރެއިން ކުރިއަރާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ ސްރީލަންކާގެ ރައްޔިތުންނަށް ހަމަޖެހުމާއި، ތަނަވަސްކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން