Saturday, November 14
މިދިޔަމަހު އެންމެ ގިނައީ ވައްކަމުގެ މައްސަލަ: ޕޮލިސް

މިދިޔަމަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 986 މައްސަލައެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މި ނިމުނު ޖެނުއަރީ މަހު 273 ވައްކަމުގެ މައްސަލަ ވަނީ ހުށަހަޅާފައިވެއެވެ. ދެވަނަ އަަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓްގެ މައްސަތަކެވެ. އެއީ 231 މައްސަލައެވެ.

ފުލުހުންނަށް މިދިޔަ ޖެނުއަރީ މަހު ހުށަހެޅިފައިވާ މައިގަނޑު މައްސަލަތައް

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލައިރު ވައްކަން، ޓްރެފިކް އެކްސިޑެންޓް، ޑްރަގް މައްސަލަ، މުދަލައްގެއްލުން ދިނުން، ގެވެށި އަނިޔާ، ޖިންސީ އަނިޔާ އަދި ތަކެތި ގެއްލުން ފަދަ މައްސަލަ ހިމެނެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިީ ވައްކަމުގެ މައްސަލައެވެ. 2024 ވަނަ އަހަރު މުޅި ޖުމުލަ 3759 ވައްކަމުގެ މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު