Saturday, October 31
ފަޅު ރަށަކަށް ގެންގޮސް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ފަޅު ރަށަކަށް ގެންދިއުމަށްފަހު، އެ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ. އުމުރުން 24 އަހަރުގެ ފިރިހެނަކު 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ފަޅު ރަށަކަށް ދަތުރު ގެންދިއުމަށްފަހު، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ވަނީ މީސްމީޑިއާގައި ފެންމަތިވެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިފަދަ މައްސަލައެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބަލަމުންދާކަން ވަނީ އެނގިފައެވެ.

ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެ ކުދިންގެ އާންމު މައުލޫމާތު ހަމާވެދާނެތީ މައްސަލަ ހިނގާ ރަށާއި އަދި މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު އިދާރާތަކުން އެއްވެސް އިރަކު ހާމައެއް ނުކުރެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު