އާދިއްތަ, November 1
ސައުތުއަރި މެރިން އޭރިއާ ތެރޭގައި ޙަރަކާތެރިވާ އުޅަނދު ރަޖިސްޓްރީ ކުރަން އަންގައިފި
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ގެ ތެރޭގައި ހަރަކާތްތެރިވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުޅުވާލައިފި އެވެ. ޙިމާޔަތްކޮށްފައިވާ ސައުތުއަރި މެރިން އޭރިއާ ތެރޭގައި ޙަރަކާތެރިވާ އުޅަނދުފަހަރު އޮޕަރޭތްކުރާ ފަރާތްތަކަށް އީޕީއޭއިން ފޯރުކޮށްދޭ ވަންގަވް ޕޯޓަލް ފޯމް ބޭނުންކޮށްގެން އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. ސައުތު އަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ ތެރޭގައި ހިންގާ ހުރިހާ އުޅަނދުތަކެއް މެނޭޖްމަންޓް ޕްލޭން ޝާއިއުކުރާ ތާރީޚުން ފެށިގެން  3 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހެއެވެ. އަރިއަތޮޅު ދެނުކުބުރީގެ ރަނގަލީ ފަރުގެ ހުޅަނގުން އުތުރުގެ ކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އިތުރު ކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯ މީޓަރު ސަރަޙައްދަކީ  ސައުތު މެރިން ޕްރޮޓެކްޓަޑް އޭރިއާ ( ސަމްޕާ) ކަމުގައި ވަނީ މި ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖައްސާފައެވެ. މި ސަރަޙައްދަކީ އައި.ޔޫ.ސީ.އެން ރެޑްލިސްޓެޑްގައި ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ، ފެހުރިހި އޭގެ ކާނާ ހޯދުމަށާއި "ތާމޯރެގިއުލޭޓް" ކުރުމަށް ކަނޑުގެ މަތީ ފަށަލައަށް އެއްވާ ސަރަހައްދެެވެ. މި ސަރަޙައްދަކީ މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ތަންތަނުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ޚާއްޞަ ތަނެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ސަރަހައްދުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި މި ސަރަޙައްދުން ގާތްގަޑަކަށް 726 ފެހުރހި ފެނިފައިވެއެވެ. މި ސަރަހައްދުގެ ފަރުގެ މުއްސަނދިކަމާއި، ފަރުގައި ދިރިއުޅޭ އެކިބާވަތްތަކުގެ ދިރުންތަކާއި، އޮިވަރު ހުންނަގޮތުން އެއްވާ ޕްލެންކްޓަންގ ސަބަބުން، މި ސަރަހައްދަކީ މާޙައުލީގޮތުން މުއްސަނދި ތަނެކެވެ. މީގެ އިތުރުން މި ސަރަހައްދަކީ ދިވެހިރާއްޖޭގައި އެންމަޑި އެއްވާ އަދި ވެލާ ކަހަނބާއި މިޔަރުގެ ބާވަތްތައް ފެންނަ މަޤްބޫލު ސަރަހައްދެކެވެ. މި ސަރަހައްދުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުން، ކުނި އެޅުން، ބިންހިއްކުމާއި ފަޅުފުންކުރުން، އެއްވެސް ދިރުމެއްގެ ބިސްނެގުން ފަދަ ކަންކަން ހިމެނެއެވެ. އެހެން ނަމަވެސް ޚާއްޞަ ހުއްދައިގެ ދަށުން އެތަނަށް ޒިޔާރަތްކުރުމާއި، ދިރާސާކުރުން އަދި ފޮޓޯ ވީޑިއޯ ނެގޭނެ ކަމަށް ތިމާވެއްޓާއި ބެހެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު