Saturday, October 31
މިފްކޯއަށް މިދިޔަ މަހު ރެކޯޑު އަދަދަކަށް މަސް ކިރައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ ޖަނަވަރީ މަހު ރެކޯޑު އަދަދަކަށް މަސް ކިރައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ މިދިޔަ މަހު މިފްކޯ އިން 8،324 މެޓްރިކް ޓަނުގެ މަސް ކިރާފައިވާ ކަމަށެވެ. މިއީ 1997 ވަނަ އަހަރުން ފެށިގެން ޖަނަވަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސް ކިރާފައިވާ މަސް ކަމުގައި އެ ވުޒާރާއިން ހާމަކުރެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިދިޔަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. މިގޮތުން ކޮންމެ ދުވަހަކު މަސްވެރިންނަށް ދޫކުރާ ފައިސާގެ ތަފާސްހިސާބު މިފްކޯއިން ދަނީ އާންމުކުރަމުންނެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުވެސް 100 މިލިއަން ރުފިޔާއަށްވުރެ ގިނައިން މިފްކޯއިން ވަނީ މަސްވެރިންނަށް ދައްކައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު