މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބައެއް ޚިދުމަތްތައް މިރޭ މެދުކެނޑޭނެ ކަމަށް އެ ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ 3 ފެބުރުވަރީ 2025 ގެ 00:00 އިން 06:00 އަށް ސިސްޓަމް މެއިންޓެއިންކުރުމުގެ މަސައްކަތެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތުތަކުގައި ކަސްޓަމްސް އިން ފޯރުކޮށްދޭ ހުރިހާ އޮންލައިން ޚިދުމަތްތަކެއް މެދުކެނޑޭނެއެވެ.
📢📢 We will be performing a scheduled system maintenance work tonight from 00:00hrs to 06:00hrs (3rd February 2025)
During this time all our online services will be interrupted. We apologize for the inconvenience caused. pic.twitter.com/NsiWqZc0rY
— Maldives Customs Service (@CustomsMv) February 2, 2025
އެގޮތުން އެ ސަރވިސްގެ ކަސްޓަމްސް ޕޯޓަލް، ވެބްސައިޓު އަދި އެތެރޭގެ ބައެއް ޚިދުމަތްތަކަށްވެސް މި ވަގުތުތަކުގައި ބުރޫއަރާނެއެވެ.
ކަސްޓަމްސް އިން ވަނީ މީގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން