Saturday, October 31
ރަށްރަށް ބޭނުންވާ ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުން ހޯދަނީ

ދިވެހި ޑޮކްޓަރުން ނުލިބޭ ރަށްރަށް ބޭނުންވާ ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހެލްތުު މިނިސްޓްރީން ބުނީ 50 ބިދޭސީ ޑޮކްޓަރުން ހޯދަން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ހެލްތު ސެންޓަރުތަކާއި ސިއްޚީ މަރުކަޒުތަކަށް ބޭނުންވާ ޑޮކްޓަރުން ހޯދުމަށް ކަމަށެވެ.

ބިދޭސީ ޑޮކްޓަރުން ހޯދުމަށް އިއުލާންކުރަނީ ދިވެހި ޑޮކްޓަރުން ހޯދުމަށް އިއުލާންކޮށް ނުލިބުމުންކަމަށްވެސްހެލްތު މިނިސްްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ބިދޭސީ ޑޮކްޓަރުން ރެކްރޫޓް ކުރުމުގެ ކަންކަން ކޮންމެ ތިންމަހުން ކުރިއަށް ގެންދާ ކަމަށެވެ. އެއީ މީހަކު ކެނޑިގެން ދިއުމުން، ޞިއްޚީ ޚިދުމަތްދޭ ތަނަކަށް ވީހާވެސް އަވަހަށް ޑޮކްޓަރުން ހަމަޖައްސުމަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ 50 ޑޮކްޓަރުންގެ ތެރެއިން މިވަގުތު 30 ޑޮކްޓަރުން އެކި އެކި ތަންނަނަށް ބޭނުންވެފައިވާ މަޤާމްތަކަށް ނަގާނެކަމަށެވެ. އަދި 20 ޑޮކްޓަރުން ތިން މަސްދުވަހުގެ މުއްތަދަށް ވެއިޓް ލިސްޓްކޮށް އެންމެ އަވަހަށް ހުޅުވާލެވޭ މަޤާމްތަކަށް ނަގާނެކަމަށެވެ.

މި މަޤާމްތަކަށް މުސާރައާއި، ލިވިންގ އެލަވަންސް، ފުޑް އެލަވަންސް އަދި ސަރިވސް އެލަވަންސް ލިބޭނެއެވެ.

މި މަޤާމްތަކަށް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު