Saturday, November 14
މާލޭ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް ނަގަން ދޮޅުމަހުގެ މުއްދަތެއް

ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް މުއްދަތެެއް ދީފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ވަނީ ގްރޭޓަރ މާލޭ ސަރަހައްދު ކަމަށްވާ ، މާލެ، ހުޅުމާލެ1، ހުޅުމާލެ ފޭސް 2 ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓް އަދި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރަތްތަކުން އެ މިނިސްޓްރީގެ ފޮރިންގ ލޭބަރ ޑިޕާރޓްމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރަތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްފެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަސްވެސް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ގްރޭޓަރ މާލެ ސަރަަޙައްދުގެ ބިދޭސީންގެ ބައޮމެޓްރިކްސް ނެގުމުގެ ކަންކަން ކުރިއަށްދާނީ އެން..ސީ.އައި.ޓީ ގައި މިކަމަށް ޚާއްޞަކޮށް ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕްރޭޝަން ސެންޓަރުން ކަމަށެވެ. އެ ތަނުން ކޮންމެ ދުވަހަކު ހެނދުނު 9 ން ރޭގައނޑު 10 އެއް ޖަހަންދެން ޚިދުމަތް ލިބޭނެއެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށްތޯ ޔަގީން ކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ އޮޕަރެޝަން ކުރަނގި ގެ ދަށުން ދަށުން 25،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ.

ރާއްޖޭގައި 2022 ވަނަ އަހަރު ކުރިއަށް ދިޔަ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު