މީގެ ކުރިން 63 ފަހަރަކު ހައްޔަރުކޮށްފައިވާ މީހަކު، ޖުވެނައިލް ކޯޓުގެ ގަހަކުން އަނބު ބިން މައްސަލައަކާ ގުޅިގެން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މިއީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިންވެސް އެތައް ފަހަރު ހައްޔަރުކޮށްފައިވާ މި މީހާ ހައްޔަރުކުރި 64 ވަނަ ފަހަރެވެ.
މިގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ މީހެކެވެ.
އޭނާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާއިރު، ބަންދު އަމުރުގައިވާ ގޮތުން އޭނާ ޖުވެނައިލް ކޯޓުގެ ފާރުމައްޗަށް އަރައި، ގަހުން އަނބު ބިނދެގެން ދާން އުޅެނިކޮށް، އެކަން ތަކުރާރު ނުކުރުމަށާއި، އަނބުތައް ބަހައްޓާފައި ދިއުމަށް ސެކިއުރިޓީން ވަނީ އަންގައިފައެވެ. އަދި އޭނާ އެތަނުން ދާން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވާފައިވާ ކަމަށްވެސް އޭނާއާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ ކުށުގެ ރެކޯޑު ގިނައީ ވައްކަމުގެ މައްސަލަތަކުގައި ކަމަށްވާއިރު، މިއީ އޭނާ ބަންދުކުރި 30 ވަނަ ފަހަރެވެ.
ފަހަކަށް އައިސް މިފަދަ މައްސަލަތައް އިތުރުވެފައިވާއިރު، ވަގަށް އަނބު ބިން މައްސަލައެއްގައި އިއްޔެ ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށްވެސް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ގުޅުންހުރިދާއިރާތައްވ.ސްމާރޓް ކަމަށްފެނޭ. އެންމެގިނަފަހަރު ބޮޑެތިޢިނާމްތަކެއް ހަމަޖައްސަން ވެސްފެނޭ.😀
މި ލިޔުން ކިޔާލުމުން