އާދިއްތަ, November 1
ސަރުކާރު މަގުމަތިން ވައްޓާލަން ތާއީދެއް ނުކުރަން: ޒައިދު

މަގުމަތިން ސަރުކާރު ވައްޓާލުމަކީ ތާއީދު ކުރާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޞުލްޙަވެރިކަމާއެކު ޚިޔާލު ފާޅުކުރުމަށް އެމަނިކުފާނު އަބަދުވެސް ވަރަށް ތާއީދު ކުރާ ކަމަށެވެ.

ނަމަވެސް ސަރުކާރު މަގުމަތިން ވައްޓާލަން ތާއީދެއް ނުކުރަން ކަމަށާއި އަދި އެކަމަށް އަބަދުވެސް ދެކޮޅުހަދަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލަން މަސައްކަތް ކުރީމައި އުފެދޭނީ ބޮޑު ފިތުނައެއް ކަމަށެވެ.

https://twitter.com/alizaid1000/status/1885306722165940574

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އަދި އެމީހުން ވަނީ ރައީސް ޑރ މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. ނަމަވެސް އެ ހިނގާލުމުގައި ހަމަނުޖެހުމެއް ނުހިނގައެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖްލިސް މެމްބަރުން ވަނީ ރޭގެ އިދިކޮޅު ހިނގާލުމަށް ހުރަސް ނާޅާ، އެއްވެ އުޅުމުގެ މިނިވަންކަން ދިނުމުން ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

އަދި ރޭ ފެނިގެން އެ ދިޔައީ ހަގީގީ ޑިމޮކްރަސީ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓު

  1. ދިރާސާ - 2025-02-01T19:21:47

    ޒައިދު ތާއީދު ކުރެވޭތޯ ބަލާފަ ނޫން ވެރިކަން މަގުމަތިން ވިޔަސް ވައްޓާލަނީ މި ސަރުކާރު ވައްޓާލަންޖެހޭ ހުރިހާ ކަމެއް ވެ ނިމިއްޖެ. ދިދަ ޔަށް ދިދަޢިގެ ހުރުމަތް ކަނޑާލައިފި އެއަށް ގޮވާ ވާހަކަ ދައްކައިފި ރައްޔިތުން ގެ ބާރު ގާނޫ އަސާސީން ގެނައި ނާތަހުޒީބު ބަދަލަކުން ގެއްލުވާލައިފި ގައުމެއްގެ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ދީފައިވާ ގޯއްޗާއި ފުލެޓް ފޭރިގެންފި މީހުން ގާނޫނީ ތަކެއްޗަށް ރައީސަކަށް ވިޔަސް އަތެއްނުލޭވޭނެ.

  2. ޑަންޑަން - 2025-02-01T17:57:17

    ޒައިދު ތާއީދު ނުކުރިއަސް މިފަހަރު ވައްޓާލާނަން. ކައްޒާބު ދޮގު ހަދާއިރު ޒައިދު ތިޔަ ހުންނަނީ ހިނިއައިސްފައި. އެމް. ޑީ.ޕީ ވެރި ކަމުގައި ޒައިދު ތިބެނީ އަބަދު ލާދީނީ ހޮވަން.

  3. ނަން - 2025-02-01T17:08:09

    ޒައިދަކީ ނޫސްވެރިއެއްތަ ނޫނީ ޝައިޚެއްތަ ޒައިދުވިސްނާލާފައިބުނެބަލަ މުސްލިމުޤައުމެއްގެވެރިޔަކުދޮގުހެދުމަކީކޮންކަހަލަކަމެއް ޢާއްމުކޮށްދޮގުހަދާނަމަ އެވެރިޔަކާދޭތ

  4. ނަން - 2025-02-01T17:03:08

    ފުރަތަމަ ސުވާލަކީ ޒައިދަކ ޝައިޚރއްތަ ނޫނީނޫސްވެރިއ