ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު ބުކިންގ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް އަރާ ކަމަށެވެ. އަދި ބައެއް ކަސްޓަމަރުންނަށް ފާހަގަކުރެވުނު އަގުތަކަކީ ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފެނުނު އަގުތަކެއް ކަމަށާއި، އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
— MaldivianAero (@MaldivianAero) February 1, 2025
މީގެ އިތުރުން މޯލްޑިވިއަނުން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ.
އަދި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ، އެ އެއާލައިންގެ ކޯލް ސެންޓަރ 1671 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލްކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން