Thursday, November 19
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މޯލްޑިވިއަންގެ ބުކިންގ ސިސްޓަމަށް ބުރޫ އަރައިފި
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު ބުކިންގ ސިސްޓަމަށް ބުރޫ އަރައިފިއެވެ. މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ބުކިންގ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މޯލްޑިވިއަނުން ވަނީ ބުކިންގ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން 1671 އަށް ގުޅައިގެން ނުވަތަ cc@iasl.aero އަށް އީމެއިލްކޮށްގެން ޓިކެޓު ނެގުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް އެދިފައެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު