އައްޑޫ ސިޓީ ހަންކެޑެ ބުރިޖު އާންމުންނަށް ހުޅުވާލައިފިއެވެ.
މިއީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ނިންމާފައިވާ މަޝްރޫޢެއް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަންކެޑެ ބުރިޖުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ބުރިޖުގެ ޢަމަލީ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. 1.4 ކިލޯމީޓަރުގެ މި ބުރިޖަކީ ހަތަރު ލޭނަށް ތަރައްޤީކޮށްފައިވާ ބުރިޖެކެވެ. މިއީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢާ އެކީ ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން ކުރިއަށްގެންދާ މި މަޝްރޫޢަށް 1.19 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރިން ހާމަކުރި ގޮތުގައި ބުރިޖު ހުޅުވުން ލަސްވަނީ ޓެކްނިކަލް ސާވޭތައް ކުރިއަށްދާތީ އެވެ. ބުރިޖު ހުޅުވުން ލަސްވުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން